ދި ނޭޗަރ އެކްޝަން: ޕްރައިވެޓް ސެކްޓަރ މޯބިލައިޒޭޝަން އިވެންޓްގައި ޝައުނާ

feeb

‎އިނގިރޭސިވިލާތުގެ ލަންޑަނުގެ ލެންކެސްޓަރ ހައުސްގައި ބޭއްވި ދި ނޭޗަރ އެކްޝަން: ޕްރައިވެޓް ސެކްޓަރ މޯބިލައިޒޭޝަން އިވެންޓްގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ބައިވެރިވެވަޑައިގެންފިއެވެ.

މިއީ ދިނިޔޭގެ ދިރޭތަކެތީގެ މުއާހަދާގެ ދަށުން ދިރޭތަކެތި ހިމާޔަތްކޮށް، ރައްކާތެރިކޮށް ދެމެހެއްޓުމަށް ދާދިފަހުން ކެނެޑާގެ މޮންޓްރިޔަލް ގައި ވެވުނު އެއްބަސްވެވުނު އަމާޒުތަކައް ވާސިލު ވުމަށް ފެށޭ މުހިންމު މަޝްވަރާ ތަކެއްގެ ފެށުން ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީޏް ބުނީ، މި އިވެންޓްގެ މައިގަނޑު އަމާޒަކީ ކުންމިންގް-މޮންޓްރިއަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް ހަގީގަތަކަށް ހެދުމަށް ކުރުމަށް ކުރަންޖެހޭ ކަންކަމަށް ފައިސާ ހޯދާނެ ގޮތްތަކާއި ބެހޭ ގޮތުން މޝްވަރާކޮށް ގޮތްތައް ހޯދުން ކަމަށާއި، އަދި ސަރުކާރާއިއެކު ޕްރައިވެޓް ސެކްޓަރގެ އިތުރުން ސިވިލް ސޮސައިޓީގެ އެއްބާރުލުން މިކަމަށް ދެވޭނެ މަގުފަހިކުރުމާއިއެކު ފައިސާ ހޯދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ހޯދުން ކަމަށެވެ.

މި އިވެންޓްގެ ތެރެއިން ކުރިއަށްދިޔަ "ޕޭމެންޓް ފޯރ އިކޯސިސްޓަމް ސަރވިސެސް" ގެ ރައުންޑްޓޭބަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެފައި ވަނީ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ފަންޑިންގ ހޯދުމަކީ އެ މަސައްކަތްތަކާއި ޚިދުމަތްތަކުން އެންމެ އެކަށޭނަ މަންފާ ދެމެހެއްޓެނިވިގޮތެއްގައި ހޯދުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމުގައެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ އިގްތިސާދު ބަރޯސާވެފައިވާ ފަތުރުވެރިކަން ބިނާވެފައި ވަނީ ދިވެހިރާއްޖޭގެ ގުދުރަތީ މުއްސަނދިކަމާއި ކަނޑުފަޅުގެ ދިރުންތަކަށް ކަމަށްވާއިރު، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ގްރީން ޓެކްސްއިން ކުރާ ފައިދާވެސް މިނިސްޓަރު ޝައުނާ ފާހަގަ ކުރެއްވިއެވެ. އަދި ގްރީން ޓެކުހުން ލިބޭ ފައިސާ ރާއްޖޭގައި ފަރުތަކާއި ތިމާވެއްޓަށް ކުރާނޭދެވޭ އަސަރު ތައް ކުޑަކުރުމައް ހޭދަކުރާ ގޮތްތަކާ ބެހޭ މައުލޫމާތުވެސް މިނިސްޓަރ ހިއްސާ ކުރެއްވިއެވެ.

ދިވެހިރާއްޖޭގައި މާހަުލީ ނިޒާމްތަކާއި ދިރުންތައް ހިމާޔަތްކުރުމަށް މިހާތަނަށް ކުރަމުންދާ އަދި ކުރިއަށްއޮތްތާ ކުރާނެ ކަންތައްތަކަށް މިނިސްޓަރ ޝައުނާ އަލިއަޅުއްވާލައްވައި ވިދާޅުވީ، ރާއްޖޭގެ 79 ސަރަހައްދެއް މިހާރު ތިމާވެށި ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާއިރު، މި ސަރަހައްދުތަކުން 13 އިންސައްތަ ފަރުގެ ސަރަހައްދުވަނީ ހިމާޔަތްކޮށްފައި ކަމަށެވެ.

‎ގިނަ ގައުމުތަކަކުން މިނިސްޓަރުން ބައިވެރިވި މި އިވެންޓަށްފަހު ބަކިންގްހަމް ޕެލެސްގައި އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާރލްސް III އިންތިޒާމުކުރެއްވި ޚާއްސަ ފަރިއްކޮޅުގައި ވެސް މިނިސްޓަރ އާމިނަތު ޝައުނާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *