އދ.ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތްކުރުން: ބިން ހިއްކުން ކުރިއަށް

sdwf

އދ.ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ބިން ހިއްކުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ 24،000 ކިއުބިކް މީޓަރު ސަރަހައްދުގެ ބިން ހިއްކުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 430 މީޓަރު ސަރަހައްދުގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 185 މީޓަރު ސަރަހައްދުގައި ޖިއޯޓިއުބް ރިވެޓްމަންޓް ޖެހުމުގެ އިތުރުން 7،171 ކއިުބިކް މީޓަރު ސަރަހައްދުގައި ގޮނޑުދޮށް ރީޕްލެނިޝް ކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއަށް 21.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *