ރާއްޖެއަށް 267،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

sdvebe

މި އަހަރު ރާއްޖެއަށް 267،507 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބަތްތައް ދައްކާ ގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ 15 ގެ ނިޔަލަށް ރާއްޖެއަށް 267،507 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

މި އަހަރު ރާއްޖެއަށް ޒިޔާްރަތްކުރާ ފަތުރުވެރިންގެ ނިސްބަތް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 29.7 އިންސައްތައިގެ ކުރި އެރުމެކެވެ.

ޖެނުއަރީ މަހު ރާއްޖެއަށް 172،499 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މި މަހުގެ ފުރަތަމަ 15 ދުވަހު 95،008 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރާތް ކޮށްފައެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިިން އެވްރެޖުކޮށް 8 ދުވަސް ރާއްޖޭގައި ހޭދަކުރެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިއާއިންނެވެ. ދެވަނައަށް އިންޑިއާއިން ފަތުރުވެރިން ޒިޔާރަތްކުރާއިރު، ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޔޫކޭއިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *