މި އަހަރު މަސްވެރިންނަށް 198 މިލިއަން ރުފިޔާ ދޫކޮށްފި

big_SU8TtRpcra1ecysm0ooXDCrDB

މި އަހަރު މަސްވެރިން އަތުން ގަނެފައިވާ މަހަށް 198 މިލިއަން ރުފިޔާ މިފްކޯއިން ދޫކޮށްފިއެވެ.

މިފްކޯއިން ބުނީ، މި އަހަރު މަސްވެރިން އަތުން މިފްކޯއަށް 12،000 ޓަނުގެ މަސް ގަނެ، 198 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

މިފްކޯއިން ކިރާ މަހަށް ވީ އެންމެ އަވަހަށް ފައިސާ ދޫކުރަން މަސައްކަތްކުރާ ކަމަށް ފާހަގަކުރައްވަމުން އެ ކުންފުނިން ބުނީ، ލަސްވެގެން ހަތް ދުވަސް ތެރޭގައި ގަންނަ މަހަށް ފައިސާ ދޫކުރަން މަސައްކަތް ކުރާ ކަމަށެވެ،

މިފްކޯގެ 12 އަހަރުގެ ތާރޙިުގައި އެންމެ ގިނައިން މަސްވެރިންނަށް ފައިސާ ދޫކޮށްފައި ވަނީ މިދިޔަ އަހަރެވެ. އެއީ އެއް ބިލިއަނަށްވުރެ ގިނަ ފުރިޔާއެވެ.

Leave a Reply

Your email address will not be published. Required fields are marked *