ލ.މާބައިދޫގައި އައިސްޕްލާންޓެއް ގާއިމުކޮށް، ހިންގުން ފެނަކައަށް

sdfw

ލ.މާބައިދޫގައި އައިސް ޕްލާންޓެއް ގާއިމުކޮށް، ހިންގުމަށް ލ.މާބައިދޫ ކައުންސިލުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ފެނަކައިން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ސައީދުއެވެ. އަދި މާބައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އިބްރާހިމް ވިސާމްއެވެ.

މި މަސައްކަތް ފެނަކައާ ހަވާލުކޮށްފައި ވަނީ ހަ މަސް ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އަދި މަޝްރޫއުގެ ދަށުން 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރާނެއެވެ.

މި ސަރުކާރުން ވަނީ މިހާތަނަށް ރާއްޖޭގެ 10 ސަރަހައްދެއްގައި އައިސް ޕްލާންޓް ގާއިމުކޮށްފައެވެ. އަދި އިތުރު އައިސްޕްލާންޓްތައް އެޅުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *