ގާސިމްއާއެކު ބޭއްވުނީ ވަރަށް އުންމީދީ ބައްދަލުވުމެއް: އަލީ ނިޔާޒް

Screenshot 2023-02-19 154438

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއާއެކު ބޭއްވުނީ ވަރަށް އުންމީދީ ބައްދަލުވުމެއް ކަމަށް ރައީސް ސޯލިހުގެ ކޮއްކޯފުޅު އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހުގެ މަންދޫބުންގެ ގޮތުގައި ގާސިމްއާ ބައްދަލުކުރައްވާފައިވަނީ އަލީ ނިޔާޒްގެ އިތުރުން އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމުއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން އުނގޫފާރު ދާއިރާގެ މެމްބަރު ކުރެއްވި ޓުވީޓެއްގައި ގާސިމްއާ ބައްދަލުކުރެއްވި ކަމަށް އާންމު ކުރި ފޮޓޯއަކީ މާ ކުރީގެ ފޮޓޯއެއް ކަމަށް ވިދާޅުވުމުން އެއަށް ރައްދު ދެއްވާ އަލީ ނިޔާޒް ވިދާޅުވީ، އެއީ ރޭގެ ފޮޓޯއެއް ކަމަށެވެ.

މީގެއިތުރުން އަލީ ނިޔާޒް ވިދާޅުވީ، ގާސިމްއާއެކު ބޭއްވުނު ބައްދަލުވުން އުންމީދީ ކަމަށާއި، އިރާދަކުރެއްވިއްޔާ ކޯލިޝަންއާއެކު އެމްޑީޕީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރާނެ މަގަށް މިސްރާބު ހުރި ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *