މޯލްޑިވްސް ސްޕޯޓްސް އެވޯޑް އަންނަ މަހު ބާއްވަނީ

Screenshot 2023-02-19 192002

މޯލްޑިވްސް ސްޕޯޓްސް އެވޯޑް އަންނަ މަހު ބާއްވާކަން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހްލޫފް އިއުލާން ކުރައްވައިފިއެވެ.

މިނިސްޓަރ މަހްލޫފް އެވޯޑާ ގުޅިގެން އާންމުކުރެއްވި ވީޑިއޯއެއްގައި ވާގޮތުން މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2023 ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ 16 ވަނަ ދުވަހުއެވެ.

މިދިޔަ އަހަރު މޯލްޑިވްސް ސްޕޯޓްސް އެވޯޑް ކުލަގަދަކޮށް ބާއްވާފައިވާއިރު، 18 ކުޅިވަރު އެސޯސިއޭޝަނަކުން އެންމެ މޮޅު ފިރިހެން އަދި އަންހެން އެތުލީޓު ވަނީ ހޮވާފައެވެ. އަދި ޖުމްލަ 108 އެވޯޑެއް އެތުލީޓުންނަށް ވަނީ ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *