މަސް ކިރުމުގެ ކެޕޭސިޓީ އިތުރުކުރަން މިފްކޯއަށް 4 ބޯޓު ގެންނަނީ

photo_2023-02-20_14-03-46

މިފްކޯގެ މަސް ކިރުމުގެ ކެޕޭސިޓީ އިތުރުކުރަން 4 ބޯޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް ނިއުސް" ގެ ޕްރޮގްރާމެއްގައި އިސްމާއިލް ވިދާލުވީ، މަސް ކިރުމުގެ ކެޕޭސިޓީ އިތުރުކުރަން 4 ބޯޓެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިގޮތުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ މަސް ގަނެ ގަނޑުކުރެވޭނެ ގާބިލުކަން ހުރި ބޯޓުތައް ކަމަށެވެ.

އިސްމާއިލް ވިދާޅުވީ، ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަނީ ޖަޕާން ގެންނަ ބޯޓަކާއި، ތައިލޭންޑުން ގެންނަ ހަތަރު ބޯޓު ކަމަށާއި، އޭގެ ތެރެއިން ޖަޕާނުން ގެންނަ ބޯޓު އަންނަ މަހު ފަހުކޮޅުގައި ގެނެވޭވަރު ވާނެ ކަމަށެވެ.

ޖަޕާނުން ގެންނަނީ 120 ޓަނުގެ ބްރެއިން ފްރީޒިން ވެސެލްއެއްކަން ފާހަގަކުރައްވާ އިސްމާއިލް ވިދާޅުވީ، އެ ބޯޓުގައި 400 ޓަނުގެ ސްޓޯރޭޖެއްވެސް ހުންނާނެ ކަމަށެވެ.

ސަރުކާރުން އަންނަނީ މަސް ކިރުމުގެ ކެޕޭސިޓީ އިތުރުކުރަން ގިނަ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން އައިސްޕްލާންޓްތައް ރަށްރަށުގައި ބަހައްޓައި، މަސްވެރިންނަށް އެތައް ފަސޭހައެއް ސަރުކާރުން އަންނަނީ ފަހިކޮށްދެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *