ކަމަދޫގެ ފެނާއި ނަރުދަމާގެ ބޮޑުބައެއް ނިމިއްޖެ

sf

ބ.ކަމަދޫ ފެނާއި ނަރުދަމާގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، 4.38 ކިލޯ މީޓަރގެ ދިގު ފެންހޮޅީގެ މައިނެޓްވޯރކް ގާއިމުކޮށް، ފެން ރައްކާކުރާ ޓޭންކްތައް ބަހައްޓައި ނިމިފައިވާ ކަމަށެވެ.

މީގެއިތުރުން މިހާރު މަޝްރޫއުގެ ދަށުން ކުރިޔަށްދަނީ ޕަމްޕް ސްޓޭޝަންގެ މަސައްކަތް ކަމަށްވެސް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

މަޝްރޫއުގެ ދަށުން އާރްއޯ އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުން ހިމެނޭއިރު، ގޭގޭގައި ފެންމީޓަރ ހަރުކޮށް، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނުންވެސް މަޝްރޫޢުގައި ހިމެނެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކަމަދޫގައި 3.88 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައިނެޓްވޯކް ޤާއިމްކުރުމާއި، 474 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 2 ޕަންޕިންގ ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ.

މީގެއިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ. އަދި ހަމަ މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަށް 56.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *