ގެދޮރުވެރިޔާ ސްކީމުން 300 އަށްވުރެ ގިނަ ލޯން އެޕްރޫވްކޮށްފި

8z39pgb0wvPve9CT5VXs6jDLmCFhXxmLdE5kfEbk

ސަރުކާރުން ދޫކުރާ ގެދޮރުވެރިޔާ ލޯން ސްކީމްގެ ދަށުން 300 އަށްވުރެ ގިނަ ލޯން އެޕްރޫވް ކޮށްފައިވާ ކަމަށް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްއަށް 500 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރެއިން 300 އަށްވުރެ ގިނަ އެޕްލިކޭޝަން އެޕްރޫވް ކޮށްފައިވާ ކަމަށެވެ.

މިގޮތުން އެޕްރޫވްކުރި ލޯނުތަކުގެ ތެރެއިން 250 އާ ގާތްކުރާ އަދަދުގެ ލޯނަށް ފައިސާ ދޫކުރަން ފެށިފައިވާ ކަމަށްވެސް މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ އަމާޒަކީ ގެދޮރުވެރިޔާ ސްކީމް ހުއްޓާނުލާ ކުރިޔަށް ގެންދިޔުންކަން ފާހަގަކުރައްވާ މިނިސްޓަރ އަސްލަމް ވިދާޅުވީ، މިހާރުވެސް އެ ސްކީމް ދަނީ ކުރިއަށް ކަމަށާއި، އަދި މި ސްކީމްގެ ކަންތައް ކުރިޔަށްދަނީ ލޯނަކަށް އެޕްލައިކުރާ ހުރިހާ ޕްރޮސީޖާއެއް ހިމެނިގެން ކަމަށެވެ.

އަތޮޅު ތެރޭގެ ރަށްތަކަށް ހާއްސަ މި ލޯނަށް ހަތް ލައްކަ ރުފިޔާއާ ހިސާބަށް ނެގެއެވެ. އަދި މި ލޯނަށް ހަ ޕަސަންޓް އިންޓްރަސްޓް ނަގާއިރު، ފައިސާ ދައްކާ މުއްދަތު 15 އަހަރާ ހިސާބަށް ބަހާލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *