ދެކުނުގައި އާރްޓީއެލްގެ ހިދުމަތް ޖުލައި މަހު ފަށަނީ

338989_3_7c9ab24dd2082693dbd02596382f7e50efdcadad_large

ދެކުނުގެ އަތޮޅުތަކަށް އަންނަ ޖުލައި މަހު އާރްޓީއެެލް ފެރީގެ ނިޒާމުން ގުޅާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ، އައްޑޫސިޓީ އާއި ފުވައްމުލަކުގެ އިތުރުން ހުވަދޫއަތޮޅުގެ ރަށްތަކަށް އާރްޓީއެލް ފެރީގެ ހިދުމަތް ދިނުމަށް ޕްލޭން ކޮށްފައި ވަނީ އަންނަ ޖަލުގައި މަހު ކަމަށާއި، އެކަމަށް މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ.

ދެކުނުގައި އާރްޓީއެލް ފެރީގެ ހިދުމަތް ދިނުމަށް ބަންނަ އުޅަނދު ޓެސްޓު ކުރެވިފައިވާ ކަމަށާއި، ރެކްޓިފައިކުރަން ޖެހޭ ކަންކަން ކުރުމަށްފަހު އަންނަ މާޗު މަހު ފުލް ޕްރޮޑަކްޝަނަށް ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް މިހާރު ދެމުން އަންނަނީ ހއ. އަތޮޅާއި އދ. އަތޮޅާއި ށ. އަތޮޅުގެ އިތުރުން ޅ. އަތޮޅަށެވެ.

Leave a Reply

Your email address will not be published. Required fields are marked *