އެމްޓީސީސީއިން "ސުޕަރވައިޒަރސް ފޯރަމް" ބާއްވައިފި

ފއ

އެމްޓީސީސީ އިން އެއް ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދިޔަ "ސުޕަރވައިޒަރސް ފޯރަމް 2023″ ބާއްވައިފިއެވެ.

އެމްޓީސީސީން ބުނީ، މި ފޯރަމަކީ އެ ކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޒަން އާއި އެޗްއާރް ޑިވިޒަން ގުޅިގެން ކުރިޔަށް ގެންދިޔަ ފޯރަމެއް ކަަމަށާއި، މި ފޯރަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕްރޮޖެކްޓް ސައިޓް ސުޕަވައިޒަރުންނާއި، ޕްރޮޖެކްޓް ޓީމާއި، ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޒަންގެ ވެރިން ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.

މިގޮތުން މި ފޯރަމްގައި 88 ސައިޓް ސުޕަވައިޒަރުން ބައިވެރިވެވަޑައިގެންފައިވާއިރު، ސައިޓް ސުޕަވައިޒަރުންނަކީ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިޔުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުން ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މިއީ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޒަންގެ ސުޕަވައިޒަރުންނަށް އަމާޒުކޮށް ހިންގުނު މިފަދަ ދެވަނަ ފޯރަމް ކަމަށެވެ.

މި ފޯރަމްގެ ބައިވެރިންނަށް މަޝްރޫއުތައް ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތައް ހިންގާފައިވެއެވެ. އަދި ސެނަޝަންތަކުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިނގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ބައިވެރިންނާ މުހާތަބުކުރައްވައި މަޝްރޫއުތައް ހިންގުމާއި ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް ވަނީ ހިއްސާ ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *