އެމްޑަބްލިއުއެސްސީން ލެބް އިކިއުޕްމަންޓް ކެލިބްރޭޝަން ހިދުމަތް ތައާރަފްކޮށްފި

ebeb

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެބްޑަބްލިއުއެސްސީ) ގެ ލެބޯޓަރީން ފޯރުކޮށްދޭން ހިދުމަތް އިތުރަށް ތަރައްގީކޮށް، ފުޅާކުރުމުގެ ގޮތުން އައު ހިދުމަތެއް ގޮތުގައި ލެބް އިކުއިޕްމަންޓްގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

މި ހިދުމަތް ތައާރަފްކުރީ މިކަމަށްޓަކައި މިއަދު އެބްޑަބްލިއުއެސްސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑރ.ހުސެއިން ރަޝީދު ހަސަންއެވެ. އަދި މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން ޝާހު އާއި ބޯޑުގެ ޑިރެކްޓަރުންގެ އިތުރުން އެމްޑަބްލިއުއެސްސީގެ މެނޭޖްމަންޓް އަދި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން ޝާހް ވިދާޅުވީ، އަލަށް ތައާރަފްކުރެވިގެންދިޔަ ލެބޯޓަރީ އިކިއުޕްމަންޓް ކެލިބަރޭޓިންގ ގެ ހިދުމަތަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޔޫޓިލިޓީ ހިދުމަތްތައް ދެމުންދާ ކުންފުނިތަކުން، ފޯރުކޮށްދޭ ފެނާއި، ނަރުދަމާ ހިދުމަތްތަކުގެ ރައްކާތެރިކަން ކަށަްވަރު ކުރުމަށް މުހިންމު ހިދުމަތެއް ކަމަށެވެ.

މިގޮތުން މި ހިދުމަތުގެ ސަބަބުން ބައިނަލްއަގްވާމީ ގޮތުން ލެބް އިކިއުޕްމަންޓްތަކުގައި ކޮންމެހެން ހުރުން ލާޒިމްކުރާ މިންގަނޑުތަކާއި އެއްގޮތަށް އިކިއުޕްމަންޓްތައް ދަމަހައްޓައި، އިކިއުޕްމަންޓްތައް މެދުވެރިކޮށް ހަދާ ޓެސްޓްތަކުން ލިބޭ ނަތީޖާއާ މެދުގައި އޮންނަ ޔަގީންކަން އިތުރުވެގެންދާނެ ކަމަށްވެސް ޝާހް ވަނީ ވިދާޅުވެފައެވެ.

މި ހިދުމަތް އެމްޑަބްލިއުއެސްސީން ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ ތަމްރީނާއި، ތަޖުރިބާ ލިބިފައިވާ ސައްތައިން ސައްތަ ދިވެހި މުވައްޒަފުން މެދުވެރިކޮށެވެ. އަދި މި ހިދުމަތް ކަސްޓަމަރުންނަށް ފަސޭހައިން ފޯރުކޮށްދިނުމުގެ ގޮތުން، މި ހިދުމަތް ފޯރުކޮށްދޭ އިކިއުޕްމަންޓްތަކާއި އަދި ޕެރިމީޓަރސްތަކުގެ ތެރެއިން ކަސްޓަމަރު ބޭނުންވާ ގޮތަށް ޕެކޭޖު ތައްޔާތު ކުރެވޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *