ބިމާއި، ފެލްެޓް ދޭނެ ފަރާތްތައް ކަނޑައަޅާ ކޮމިޓީ އުފައްދައިފި

svsvbe

ބިމާއި، ފްލެޓްތައް ދޭނެ ފަރާތްތައް ކަނޑައެޅުމަށް "ގެދޮރުވެރިންގެ ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އުފައްދައިފިއެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ، ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމްގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލައްޗާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، ބިމާއި، ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށް "ގެދޮރުވެރިންގެ ކޮމިޓީ" ނަމުގައި ކޮމިޓީއެއް އުފައްދާފައިވާ ކަމަށެވެ.

މި ކޮމިޓީގެ ޗެއާޕާސަންއަކަށް މއ.އެވަރެސްޓް އަކްރަމް ކަމާލުއްދީން ހަމަޖައްސާފައިވާއިރު، ކޯޗެއާޕާސަންއަކަށް ހަމަޖައްސާފައި ވަނީ މ.ބަޑިކުޅިމާގެ އަނަސް އަބްދުއްސައްތާރުއެވެ.

މީގެއިތުރުން ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ މއ. އެރިޒޯނާ މަރިޔަމް ނާޒިމާ އާއި ހ. ރެޖީނާ ހައުސް އައިޝަތު ރަޝީދާގެ އިތުރުން ހއ. އިހަވަންދޫ ނެދުންގޭ މުހައްމަދު އާރިފްއެވެ.

މި ފަސް މެމްބަރުންގެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ވަނީ ބައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *