އެންދެރި މަޝްރޫއިން ލ.އަތޮޅުން އެހީ ލިބޭ ފަރާތްތަކަށް ލިޔުން ހަވާލުކޮށްފި

sfwv

އެންދެރި މަޝްރޫއިން ލ.އަތޮޅުގެ ރަށްތަކަށް ދޭ ކުދި މާލީ އެހީގެ ޕްރޮގްރާމަށް ހޮވިފައިވާ ފަރާތްތަކަށް އެ ކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު ލ. ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ލ.އަތޮޅުގެ 9 ރަށަކުން މި ގްރާންޓަށް ހުށަހަޅާފައިވާ މަދަނީ ޖަމިއްޔާ އާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ސްކޫލް މެނޭޖްމަންޓާ މި ލިޔުން ވަނީ ހަވާލުކޮށްފައެވެ.

ސްމޯލް ގްރާންޓްގެ މި ބުރުގައި ހުށަހަޅާފައިވާ މަސައްކަތްތައް ކުރުމަށް ޖުމްލަ 1.8 މިލިއަން ރުފިޔާ އެ ފަރާތްތަކާ ހަވާލުކުރާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

ލ.އަތޮޅު ހުރިހާ ރަށެއްގެ ކައުންސިލްތަކުގެ ރައީސުންނާއި، އަތޮޅު ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، ޑރ. އަބްދުالله ނަސީރެވެ.

Leave a Reply

Your email address will not be published. Required fields are marked *