ކުނި މެނޭޖްކުރުމުގެ ދާއިރާއިން 25 މަޝްރޫއެއްގެ ނިމިއްޖެ: ޝައުނާ

vebe

ކުނި މެނޭޖްކުރުމުގެ ދާއިރާއިން 25 މަޝްރޫއެއް ނިމިފައިވާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ވެމްކޯގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ، ކުނި މެނޭޖްކުރުމުގެ ދާއިރާއިން ޖުމްލަ 88 މަޝްރޫޢެއް ފެށި، 25 މަޝްރޫޢެއްގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށެވެ.

‎މި ސަރުކާރުން މިހާތަނަށް ރަށްރަށުގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމްކުރުމާއި، އަޕްގްރޭޑްކުރުމާއި، ރަށްރަށުން ކުނި ބޭލުމާއި، ކުނި މެނޭޖްކުރާނެ ޒަމާނީ ވަސީލަތްތަކާއި މެޝިނަރީސް ފޯރުކޮށްދިނުމާއި އަދި ސަރަޙައްދީ ކުނިމެނޭޖްކުރާ މަރުކަޒުތަކުގެ މަސައްކަތް ހިމެނޭހެން ގިނަ މަޝްރޫއުތަކެއް ކުރިޔަށްދާކަން މިނިސްޓަރ ޝައުނާ ވަނީ ފާހަގަ ކުރައްވާފައެވެ.

‎މީގެއިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ކަންކަން ރާވާ ހިންގުމާއި، ކުނީގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި، ތިމާވެއްޓާއި ޢާންމު ސިއްޙަތު ރައްކާތެރިކުރުމަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް މިދިޔަ އަހަރުގެ ޑިސެމްބަރުގައި ކުނިމެނޭޖްކުރުމުގެ ގާނޫނު ރައީސް ސޯލިހު ވަނީ ތަސްދީގުކުރައްވާފައި ކަމަށާއި، އެ ގާނޫނުގެ ދަށުން ކުންޏަކީ މިހާރު އާންމު ހިދުމަތެއް ކަމަށް ޝައުނާ ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *