ރައީސްގެ ތައުޒިޔާ މެމްބަރު ރިޒާގެ އާއިލާއަށް

img_md_201906101106061560146766.5132

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރިޒާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލްއުސްތާޒު އިބްރާހީމް ރިޒާއަކީ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށާއި، މަރްހޫމްގެ އާއިލާއަށް އިހްލާސްތެރި ތައުޒިޔާ ދަންނަވާ ކަމަށެވެ.

މެމްބަރު ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.

ޕީޕީއެމް މެމްބަރެއް ގޮތުގައި ގުރައިދޫ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި ރިޒާ ވަނީ ނިމުނު ތިން ދައުރުގައިވެސް މެމްބަރުކަން ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *