ކުނި އެތެރެކުރެވޭ ގޮތަށް އޮތް މާއްދާ އުވާލަން އޭޖީއަށް ހުށައަޅައިފި

5fdf432552ffd922507db614d2684e6b

ރާއްޖެއަށް ކުނި އެތެރެވޭގޮތަށް ގާނޫނުގައި އޮތް މާއްދާ ބަދަލުކުރަން ބަންޑާރަ ނާއިބުގެ އޮފީހަށް ފޮނުވާފައިވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޗް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ވެމްކޯގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފްލާފައި ވާހަކަދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ، ރާއްޖެއަށް ކުނި އެތެރެ ކުރެވޭ ގޮތަށް މިހާރު އޮތް މާއްދާ އުވާލުމަށް އޭޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށާއި، އެ ކަމަށް މަޖިލީހުން އަވަސް ހައްލެއް ގެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުނި މެނޭޖުކުރުމުގެ ގާނޫނެއް އެކުލަވާލައި ޢަމަލުކުރަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރުގައި ކަމަށާއި، މިއީ ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ވަކި ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދިއުމަށް މަގުފަހިކުރުމަށް އެކުލަވާލި ގާނޫނެއް ކަމަށެވެ.

މި ގާނޫނުގައި ކުނި މެނޭޖްގެ ކުރުމުގެ ޒިންމާތައް ބެހިފައިވާގޮތާއި، އަތޮޅު އަދި ރަށު ފެންވަރުގައި މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތައްވެސް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ޝައުނާ ވިދާޅުވީ، ކުންޏަކީ މަންފާ ލިބޭނެ ކަމަކަށް ހެދުމަށް މަސައްކަތްކުރުމުގެ ޢަމާޒުވެސް މި ގާނޫނުގައި ހިމެނޭ ކަމަށެވެ.

ނަމަވެސް މިނިސްޓަރ ޝައުނާ ވިދާޅުވީ، އެ ގާނޫނު ފާސްވެގެން އައިއިރު އާންމުން އަދި އެންވަޔަރަމަންޓް މިނިސްޓްރީގެވެސް އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ، މަޝްރޫއުތައް ހިންގުމުގެ ބޭނުމަށް ރާއްޖެއަށް ކުނި އެތެރެކުރެވޭގޮތަށް އޮތް މާއްދާ ކަމަށާއި، އެ މާއްދާގައި ބުނެފައިވަނީ ކުނިން ހަކަތަ އުފެއްދުންފަދަ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް، ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ ދެވޭނެކަމަށެވެ.

މީގެއިތުރުން ގާނޫނާއެކު ކުނި މެނޭޖްކުރުމުގެ އުސޫލާ ހިލާފުވާ މީހުންނަށް ފިޔަވަޅުއަޅާ ޖޫރުމަނާ ކުރުމުގެ އިހްތިޔާރުވެސް ލިބިފައިވާ ކަމަށްވެސް މިނިސްޓަރ ޝައުނާ ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *