ރައީސް ސޯލިހުގެ މަންދޫބުން އެމްޑީއޭއާ ބައްދަލުކުރައްވައިފި

svebv

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބުން އެމްޑީއޭއާ ބައްދަލުކުރައްވައިފިއެވެ.

ސަން ސިޔާމް ބިލްޑިންގްގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހުގެ މަންދޫބުންގެ ގޮތުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އާއި އަލިފުށި ދާއިރާގެ މެމްބަރ މުހައްމަދު ރަޝީދު ހުސެއިންއެވެ.

މި ބައްދަލުކުރެއްވުމުގައި އެމްޑީއޭގެ ފަރާތުން އެ ޕާޓީގެ ނައިބް ލީޑަރ އަލީ މައުރޫފް އާއި ނައިބް ލީޑަރ އައިޝަތު ރަފިއްޔާގެ އިތުރުން ބައެއް ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމާ ގުޅޭ ތަފްސީލެއް ދެ ޕާޓީގެ ފަރާތުން އަދި ހާމައެއް ނުކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *