ރާއްޖެއަށް ފުރަތަމަ 2 މަސް ތެރޭ، 3 ލައްކަ ފަތުރުވެރިން

ބ

ރާއްޖެއަށް މި އަހަރުގެ ފުރަތަމަ ދެ މަސް ތެރޭގައި ތިން ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބްތައް ދައްކާ ގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 307،367 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

މިއާއެކު ރާއްޖެއަށް އެވްރެޖުކޮށް ދުވާލަކު 5،930 ފަތުރުވެރިން ޒިޔާރަތް ކުރާއިރު، ރާއްޖެ އަންނަ ފަތުރުވެރިޔަކު އެވްރެޖުކޮށް 8.1 ދުވަސް ރާއްޖޭގައި މަޑުކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބްތަކުން ދައްކައެވެ.

މީގެއިތުރުން ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތް ކުރަމުން އަންނަނީ ރަޝިއާއިންނެވެ. ދެވަނައަށް އިންޑިއާއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާއިރު، ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޔޫކޭއިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *