ނިޒާމް ކުރި ކަމަކުން ލިޓަން މަރުވި ކަމަށް ބެލެވޭ: ޕީޖީ

brb

ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު ލިޓަންގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މުހައްމަދު ނާޒިމްގެ މައްޗަށް ތިން ދައުވާއެއް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކުރި ނިޒާމްއަށް ކުރުމަށް މަސައްކަތް ކުރަނީ ގަސްތުގައި މީހަކު މެރުމާއި، ވައްކަމާއި، މަސްތުވާތަކެތީގެ މުމާލާތް ކުރުމުގެ ދައުވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ، ނިޒާމް ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު ގަބޫލުކުރެވެނީ އޭނާ ކުރި ކަމަކުން ލިޓަން މަރުވިކަން ކަމަށާއި، އޭނާ ކުރި ކަމަކީ މީހަކު މަރުވެދާނެފަދަ ކަމެއް ކަމަށެވެ.

މީގެއިތުރުން ނިޒާމްގެ މައްޗަށް ވައްކަމުގެ ދައުވާ ކުރަނީ ނިޒާމް އާއި ލިޓަން ދަތުރުކުރި ތެޔޮ ބޯޓުގައި ހުރި ފައިސާތަކެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށާއި، އަދި އޭނާގެ މައްޗަށް މަސްތުވާތަކެތީގެ މުއާމަލާތުގެ ދައުވާ ކުރަނީ ހައްޔަރުކުރި ވަގުތުވެސް މަސްތުވާތަކެތި އަތުން ފެނިފައިވާތީ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ނާޒިމް އާއި ލިޓަން ތެޔޮ ބޯޓަކުން ދަތުރުކުރަމުން ދަނިކޮށް މިދިޔަ ޑިސެމްބަރ މަހުގެ 28 ވަނަ ދުވަހު ގެއްލިގެން ހޯދަމުން ދަނިކޮށް ތެޔޮ ބޯޓު ވަނީ ފެނިފައެވެ، އަދި ގެއްލިގެން ހޯދަމުންދިޔަ ނިޒާމް ވަނީ ތިން ދުވަސް ފަހުން މާލޭގެ ގެސްޓް ހައުސްއަކުން ހައްޔަރުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *