އިންޑިއާގެ އެހީތަކާއެކު ރާއްޖޭގެ އިގްތިސާދު 15 ބިލިއަނަށް ބޮޑުކުރެވޭނެ: އަމީރު

Image00009

އިންޑިއާއިން ފޯރުކޮށްދޭ މާލީ އެހީތެރިކަމާއެކު ހިންގާ ޕްރޮޖެކްޓްތަކުގެ ސަބަބުން ކުރިޔަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު 15 ބިލިއަން ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އިންޑިއާގައި ކުރިއަށްދާ "އޭޝިއާ އިކޮނޮމިކް ޑައިލޮގް" ގައި އަމީރު ވިދާޅުވީ، އިންޑިއާގެ އެހީއާއެކު ހިންގާ ޕްރޮޖެކްޓްތަކާއެކު ރާއްޖޭގެ އިގްތިސާދު ހަ ބިލިއަން ރުފިޔާއިން 15 ބިލިއަން ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށާއި، ޕްރޮޖެކްޓްތަކުގެ ހަގީގީ މަންފާ ފެންނާނީ ކުރިޔަށް އޮތް 10 އަހަރު ތެރޭގައި ކަމަށެވެ.

މިގޮތުން އަމީރު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން އަހަރަކު ދެ މިލިއަން ފަތުރުވެރިން ގެނެވޭނެ ފެންވަރަށް ކަމަށައި، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ހަދަނީ އަހަރަކު 1.8 މިލިއަން ފަތުރުވެރިން ގެނެވޭނެ ފެންވަރަށް ކަމަށެވެ. އަދި މި މަޝްރޫއުތަކާއެކު ރާއްޖޭގެ އިގްތިސާދު މުޅިން ބަދަލުވެގެންދާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމަށް އައި އިރު ރާއްޖެއިން ސާފު ބޭފަނާއި، ނަރުދަމާ ގާއިމުކޮށްފައި ވަނީ 30 އިންސައްތަ ރަށްތަކުގައިކަން ފާހަގަކޮށް އަމީރު ވިދާލުވީ، މި ސަރުކާރުން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ފަށައިގެން ކުރިޔަށްގެންދާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *