ތިލަމާލެ ބްރިޖާއެކު، ގުޅީފަޅަށް ބޯފެން އުފައްދާ ނިޒާމު ބަދަލުވާނެ: ޝާހް

big_rPd3O752UD5qwYOWpQxf7YeDx

ތިލަމާލެ ބްރިޖުން މާލެ ސަރަހައްުދު ގުޅިގެން އަންނައިރު، ގުޅީފަޅަށް ބޯފެން އުފައްދާ ނިޒާމު ބަދަލު ކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޝާހް ވިދާޅުވީ، އެމްޑަބްލިއުއެސްސީގެ ސިޔާސަތު ހުރީ ސަރުކާރުގެ މިސްރާބަށް ކަމަށާއި، ތިލަމާލެ ބްރިޖުން ސަރަހައްދު ގުޅިގެން އަންނައިރު ގުޅީފަޅަށް ބޯފެން އުފައްދާ ނިޒާމު ބަދަލު ކުރެވޭނެ ކަމަށެވެ.

ޝާހް ވިދާޅުވީ، މަސައްކަތް ކުރަމުން އަންނަނީ އެމްޑަބްލިއުއެސްސީގެ ފެން ބިލްޑިންގް ތިރީގައި ހިންގަމުން އަންނަ އައިބީއެމްގެ ހިދުމަތްތަކާއި، ވެއަރހައުސްތައްވެސް ގުޅީފަޅަށް ބަދަލު ކުރުމަށް ކަމަށެވެ.

މީގެއިތުރުން ޝާހް ވިދާޅުވީ، އެމްޑަބްލިއުއެސްސީއަށް ދިމާވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ފެން ބަންދުކުރާ ޕްލާންޓެއް ގުޅީފަޅުގައި ހެދުމަށް ނިންމައި، އެކަމުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެމްޑަބްލިއުއެސްސީން ވަނީ ގުޅީފަޅުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ ނިޒާމެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ދާދި ފަހުން ޖަޕާން ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *