ހިޔާގައި ދިރިއުޅޭ ފަރާތްތަކަށް ދޭ ހިދުމަތް އިތުރަށް ރަނގަޅުކުރަން ސާވޭއެއް

278304_3_27e98594f7ce53d118b965b53ae22347101b8d8f_large

ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ފެންވަރު ރަނގަޅުކުރަން އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ހިޔާލު ހޯދުމަށް ސާވޭއެއް ކުރަން އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ، މި ސާވޭ ކުރުމަށް ހަމަޖެހިފައި ވަނީ މާދަމާއިން ފެށިގެން އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، ސާވޭއަށް މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައި ވަނީ ފްލެޓްތަކަށް ޒިޔާރަތްކޮށް އޮންލައިން ފޯމެއް ފުރައިގެން ކަމަށެވެ.

މިގޮތުން މި ސާވޭގައި އާމްދަނީ، ހަރަދު، ކޭޝް ކާރޑް އަދި ބޭންކް އެކައުންޓްފަދަ މައުލޫމާތުތައް ނާހާނެކަން ކަމަށާއި، މި ސާވޭއަށް ބޭނުންވާ އިތުރު މައުލޫމާތު ސާފު ކުރަން ޖެހިއްޖެ ހާލަތެއްގައި ގުޅާނީ އެޗްޑީސީގެ ރަސްމީ ނަންބަރުންކަން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މީގެއިތުރުން މި ސާވޭގެ މަސައްކަތުގައި ބައިވެރިވާ އެޗްޑީސީގެ މުވައްޒަފުން ތިބޭނީ އެ ކޯޕަރޭޝަންގެ މުވައްޒަފުންކަން އަންގައިދޭ ކާޑު އަޅައިގެން ކަމަށްވެސް އެޗްޑީސީން ބުނެއެވެ. އަދި މި ސާވޭއާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ކޯލް ސެންޓަރު 1516 އަށް ގުޅުމުން ލިބޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *