53 މިލިއަން ރުފިޔާ 6 މަހުން ދައްކަން ޔާމީނަށް އަމަރުކޮށްފި

ކުރީގެ ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ސާބިތުވެފައިވާ ރިޝްވަތު ހިފުމާއި، މަނީ ލޯންޑްރިންގެ ކުށުގައި ހިމެނޭ 53 މިލިއަން ރުފިޔާ (3.4 މިލިއަން ޑޮލަރު) ހަ މަހުން ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި އަމުރެއްގައި ބުނީ، މި ފައިސާ ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ ވ.އާރަށް ކުށްޔަށް ދިން މައްސަލާގައި އުފުލި ދެ ދައުވާވެސް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމަށް ރިޔާއަތް ކުރުމަށްފަހުއެވެ.

ޔާމީންގެ މައްޗަށް އާރަށް މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ރ.ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި މަނީ ލޯންޑްރިން އަދި ރިޝްވަތުގެ އިތުރު މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރުވެސް ދަނީ ހިނގަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *