ފުލުހުން ޓޭޒާ ގަން ބޭނުން ކުރަން ފަށައިފި

vbebe

ފުލުހުން ރޯލް އައުޓް ކޮންޑަކްޓް އެނާޖީ ވެޕަން (ޓޭޒާ) ގަން ބޭނުން ކުރަން ފަށައިފިއެވެ.

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުލުހުން މިއަދު ޓޭޒާ ގަން މާލޭގައި ބޭނުން ކުރަން ފަށާފައިވާ ކަމަށާއި، މި ހަތިޔާރު ގެންގުޅޭނީ އެކަމަށް ތަމްރީން ލިބިފައިވާ ފުލުހުން އެކަނި ކަމަށެވެ.

މިގޮތުން ކޮމިޝަނަރ ވިދާޅުވީ، މި ހަތިޔާރު ދީފައި ވަނީ ހަމައެކަނި ސާޖަންޓް އަދި މަތީ ރޭންކްތަކުގެ ފުލުހުންނަށް ކަމަށާއި، އަދި މިއީ މިފަދަ ހަތިޔާރެއް ފުލުހުން ބޭނުންކުރާނެ ފުރަތަމަ ފަހަރު ކަމަށެވެ.

ފުލުހުން ބޭނުން ކުރަން ތައްޔާރުވާ ޓޭޒާ ގަންއަކީ އެމެރިކާގައި ތައްޔާރުކޮށް، މިހާރު ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބޭނުން ކުރަމުންދާ ވަސީލަތެކެވެ. އަދި ޓޭޒާ-7ގެ މި ގަންއަކީ މިމޮޑެލްގެ އެންމެފަހުގެ ވާޝަންއެވެ.

Leave a Reply

Your email address will not be published. Required fields are marked *