ހުޅުމާލޭގައި އިތުރު ކޮމިއުނިޓީ ސެންޓަރެއް އަޅާނެ ބަޔަކު ހޯދަނީ

hulhumale

ހުޅުމާލޭގައި އިތުރު ކޮމިއުނިޓީ ސެންޓަރެއް އެޅުމަށް ބަޔަކު ހޯދަން އެޗްޑީސީން ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ ޒަމާނީ ވަސީލަތްތަކާއެކު ކޮމިއުނިޓީ ސެންޓަރެއް އެޅުމަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމަށް ހުޅުވާލާފައެވެ.

މިގޮތުން މި އިއުލާނުގައި ވާގޮތުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް އަންނަ މާޗު މަހުގެ 09 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން ހުށަހަޅަން ޖެހެއެވެ. އަދި މިކަމާ ގުޅުންހުރި އެންމެހައި މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީން މި ކޮމިއުނިޓީ ސެންޓަރު ހެދުމަށް ނިންމާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނެއިބަރހޫޑް 2 ގައެވެ. އަދި ކޮމިއުނިޓީ ސެންޓަރު އެޅުމަށް އަމީން އެވެނިއުގެ ފުރަގަހުގައި އޮތް ސަރަޙައްދުން 14000 އަކަފޫޓަށްވުރެ ބޮޑު ސަރަޙައްދެއް ދޫކުރުމަށް އެ ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *