އަމާޒަކީ ފޭސް 2 ގެ ކޮންމެ އިމާރާތެއް ބޭނުންކުރަން ފަށާއިރު މުވާސަލާތީ ވިއުގާއިން ގުޅާލުން: އެޗްޑީސީ

ebe

އަމާޒަކީ ހުޅުމާލޭގެ ފޭސް 2 ގެ ކޮންމެ އިމާރާތެއްވެސް ބޭނުންކުރަން ފަށާއިރު މުވާސަލާތީ ވިއުގާ އިން ގުޅާލުން ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ، ހުޅުމާލޭގެ ތަރައްގީ އައު މިސްރާބަކަށް ބަދަލުކޮށް ޒަމާނީ ވަސީލަތްތަކާއި އެކު އެޗްޑީސީގެ ފަރާތުން ގާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކަކީ ފޭސް 2 ގައި ތަރައްގީކުރެވޭ ކޮންމެ އިމާރާތަކީވެސް އެތަނަކަށް ރައްޔިތުން ބަދަލުވާންވާއިރަށް ސީދާ އެޕާރޓްމެންޓާއި ހިސާބަށް ފައިބަރ ނެޓްވަރކް އިންޓަރނެޓް އަދި ޓީވީގެ ހިދުމަތް ލިބިގަތުމަށް ތައްޔާރު ކުރެވިފައިވާ ނެޓްވޯކެއް ކަމަށެވެ.

މިގޮތުން ނަތީޖާއަކީ ރައްޔިތުން އިމާރާތައް ބަދަލުވެ ހިދުމަތައް އެދުމާއެކު ގަޑިއިރުކޮޅެއް ތެރޭގައިވެސް ހިދުމަތް ލިބިގެންދާނެ މަގު މިހާރު މިވަނީ ފަހިކޮށްދެވިފައި އޮތުން ކަމަށް އެޗްޑީސީން ބުނެއެވެ.

ފޭސް 2 ގައި 7،000 ހިޔާ ފްލެޓް، ސްޓެލްކޯގެ ބްލޫ ރިޖް، އެމްއޭސީ.އެލްގެ ހިޔާ ފްލެޓްއަށް ރައްޔިތުން ބަދަލުވިއިރު އެޗްޑީސީގެ ސްމާޓްކޮމް ޓީމްއިން ވަނީ މިއިން ކޮންމެ އިމާރާތެއްގެ ހުރިހާ ފްލެޓްތައް އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯރކްއާ ގުޅާލައި އެޕާރޓްމެންޓްތަކުގައި އޯއެންޓީ ޑިވައިސް ހަރުކޮށް ހިދުމަތްތައް ދިނުމަށް ތައްޔާރުކޮށްފައިކަން ފާހަަގަކޮށް އެޗްޑީސީން ބުނީ، މިހާރު ހުޅުމާލެ ފޭސް ދެއެއްގައި އެމްޑަބްލިއުއެސްސީގެ މަލަސް އިމާރާތްވެސް ވަނީ ގުޅުވާލައިފައި ކަމަށެވެ.

މިގޮތުން މި އިމާރާތުގެ އެޕާރޓްމަންޓްތަކުގެ ވެރިފަރާތްތަކާއި ތަޅުދަނޑި ހަވާލުކުރުމުގެ ކުރިން އިމާރާތައް ކަނެކްޝަން އަޅާ ފެބްރުއަރީ 15 ވަނަ ދުވަހު ވަނީ ރަސްމީކޮށް އިންޓަރނެޓް އަދި ޓީވީގެ ޙިދުމަތް ލިބޭނޭ ނިޒާމް ޤާއިމްކުރެވިފައިވާ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީގެ ސްމާޓްކޮމް ޓީމްގެ މަސައްކަތްތައް ބަށްޓަން ކުރެވިފައިވަނީ ޒަމާނީ ވަސީލަތްތަކާއި އެކު ހުޅުމަލޭގެ ރައްޔިތުންނަށް ސްމާޓް ސިޓީއެއްގެ ކުލަ ޖެހިފައިވާ ފަސޭހަ ވެއްޓެއް ޤާއިމުކޮށްދިނުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *