އޮފީސް އިމާރާތް ހަދަން ހުޅުމާލެއިން 5 ބިމެއް ވިއްކަނީ

ވެބެ

ހުޅުމާލޭގައި އޮފީސް އިމާރާތް ހަދަން ފަސް ބިމެއް ވިއްކުމަށް އެޗްޑީސީން ހުޅުވާލައިފިއެވެ.

އޮފީސް އިމާރާތް އެޅުމަށް އެޗްޑީސީން ހުޅުވާލާފައި ވަނީ ހުޅުމާލެއިން 6،100 އަކަފޫޓުގެ ތިން ޕްލޮޓަކާއި، 9،600 އަކަފޫޓުގެ ދެ ޕްލޮޓެވެ.

މި ބިންތައް އެޗްޑީސީން ދިވެހިންނަށް އެކަނި ވިއްކުމަށް ހަމަޖެހިފައިވާއިރު، ބިން ވިއްކަނީ އަކަފޫޓެއް 4،500 ރުފިޔާގެ މަގުންނެވެ. އަދި މި އޮފީސް އިމާރާތްތައް އަޅަން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ޓްރީ ޓޮޕް ސަރަހައްދުން ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

.އޮފީސް އިމާރާތް އެޅުމަށް 6،100 އަކަފޫޓުގެ ބިމަކަށް އެދޭ ނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000 ރުފިޔާ ދައްކަން ޖެހޭއިރު، 9،600 އަކަފޫޓުގެ ބިމަކަށް ނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި 1،000،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އޮފީސް އިމާރާތްތައް އެޅުމަށް ބިން ގަންނަން ބޭނުންވާ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް، ޕްރޮޕޯސަލް ހުށަހެޅުމަށް އެޗްޑީސީން 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *