ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލުމުގެ ކުށުގައި މުހައްމަދު ޝަނޫން މަރާލުމަށް އަދި އަލީ ސިފާމް އުމުރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ޝަނޫންގެ މައްޗަށް ޒިޔަދަމް މަރާލުމުގެ ކުށް ސާބިތުވެފައިވާއިރު، ސިފާމްގެ މައްޗަށް ޒިޔަދަމް މަރާލުމުގައި ބައިވެރިވުމުގެ ކުށް ވަނީ ސާބިތުވެފަ އެވެ.
![](https://theyvees.com/wp-content/uploads/2022/12/300x250.jpg)
ޒިޔަދަމްގެ ވާރިސުންގެ ތެރެއިން މި ވަގުތު ދުނިޔޭގައި ތިބި ނުވަ ވާރިސުން ވެސް ގިސޯސް ހިފަން ބޭނުންވާ ކަމަށް ޝަރީއަތަށް ހެކިބަސް ދީފައިވާތީ ޝަނޫންގެ މައްޗަށް މަރުގެ އަދަބު ދިނުމަށް މައްސަލަ ބެއްލެވި ގާޒީ އިސްމާއީލް ޝަފީއު ވަނީ ހުކުމް ކުރައްވާފައެވެ.
Post Views: 63