މ.މަޑުއްވަރީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ebve

މ.މަޑުއްވަރީ ސިއްހީ މަރުކަޒު އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއި، އެތަނުގެ ވަށާފާރު ރޭނުމަށް ރިޒާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން ބުނީ، މި މަސައްކަތް ރިޒާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 145 ދުވަހުން ނިންމާ ގޮތަށް 4.84 މިލިއަން ރުފިޔާއަށް ކަމަށެވެ.

މަޑުއްވަރީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއެކު މެޑިކަލް ކޮންސިއުމަބްލްސްއާއި ބޭސް ރައްކާކުރުމަށް ބޭނުންވާ މެޑިކަލް ސްޓޯރޭޖަކާއި، އެޑްމިން ބަޔަކާއި ލޯންޑަރީ ބަޔަކާއި، އެމްބިއުލާންސް ބާއްވާނެ ގަރާޖެއްވެސް ގާއިމުކުރާނެއެވެ.

ސަރުކާރުން އަންނަނީ މި އަހަރު ސިއްހީ ދާއިރާއަށް އަމާޒުކޮށްގެން ގިނަ މަޝްރޫއުތައް ހިންގަމުންނެވެ. މިގޮތުން ބަޖެޓުގައި ހިމަނައިގެން ސިއްޙީ ފަރުވާ ދޭތަންތަނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެކްސްޓެންޝަން އިމާރާތްތައް އަންނަނީ އަޅަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *