ދ.ކުޑަހުވަދޫ މަގު ހެދުން ބާރަށް ކުރިއަށް

photo_2023-02-27_12-42-38

ދ.ކުޑަހުވަދޫ މަގު ހެދުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށް އާރްޑީސީން ބުނެފިއެވެ.

އާރްޑީސީން ބުނީ، ކުޑަހުވަދޫ އޯކިޑް މަގުގައި ކާބްސްޓޯން ޖަހައި ނިމިފައިވާ ބައިގެ ދުވާރުގައި ގައު އެތުރުމުގެ މަސައްކަތް ކުރުމަށް އަންނަނީ ތައްޔާރުވަމުން ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ ރަށުގެ މަގު ތަރައްގީކުރުމުގެ މަޝްރޫގެ ދެވަނަ ފިޔަވަހި އާރްޑީސީއާ ހަވާލުކޮށްފައިވާއިރު، މި މަޝްރޫގެ ދަށުން 5.8 ކިލޯމީޓަރުގެ މަގުގެ ތާރު އަޅާނެއެވެ.

މީގެއިތުރުން މި މަޝްރޫގެ ދަށުން މަގުގެ ފެން ހިންދާ ނިޒާމެއް ގާއިމްކޮށް މަގު ބައްތި ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަށް 122.86 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *