ސަރުކާރުން ވެންޓިލޭޓަރުތަކުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިފި

EcN9ca6VAAIPVkh-1

ކޮވިޑް-19 ގެ ދުވަސްވަރު ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ނުގެނައި މައްސަލާގައި އެ ކުންފުންޏާ ދެކޮޅަށް މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ރާއްޖެއިން ހުށަހަޅައިފިއެވެ.

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ފޯރުކޮށްދިނުމާ ގުޅޭގޮތުން 2 އެޕްރީލް 2020 ވަނަ ދުވަހު ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އާއި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތުއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގްގެ ފަރާތުން ހިލާފުވެފައިވާ ކަމަށެވެ.

މިގޮތުން މި މައްސަލައިގައި ދިވެހި ސަރުކާރުން ވަނީ މި މަހުގެ 16 ވަނަ ދުވަހު މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅާފައެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައި ވަނީ އެއްބަސްވުމާ އެއްގޮތަށް އެ ފަރާތުން ފޯރުކޮށްދީފައި ނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާ އާއި ވެންޓިލޭޓަރުތައް ފޯރުކޮށްދީފައި ނުވާތީ އެއްބަސްވުމުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ދިވެހި ސަރުކާރަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު ޖުމްލަ 32.57 މިލިއަން ރުފިޔާއަށްވާ 2.11 މިލިއަން ޑޮލަރުގެ އިތުރުން އިންޓްރެސްޓާއި، އާބިޓްރޭޝަންގެ ހަރަދުތައްވެސް ހޯދުމަށް ވަނީ އެދިފައި ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *