ށ.ފީވަކު ފެނުގެ ނިޒާމު ގާއިމުކުރުމުގެ ބޮޑުބައި ނިމިއްޖެ

bebe

ށ.ފީވަކުގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މި މަޝްރޫއުގެ ދަށުން އާރްއޯ ފެސިލިޓީ ބިލްޑިންގްގެ މަސައްކަތް ނިމިފައިވާ ކަމަށާއި، އަދި ފެނުގެ މައި ނެޓްވޯކް ގާއިމުކުރުމުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށެވެ.

މީގެއިތުރުން މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ގޭގެއަށް ކަނެކްޝަން ގުޅައިދިނުން ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން 9.17 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމްކޮށް، އާރްއޯ ފެސިލިޓީ ބިލްޑިންގް އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުން ހިމެނެއެވެ.

މި މަޝްރޫއަށް 49.60 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *