އަމީނީ މަގުގެ ފުރަތަމަ 3 ސެގްމަންޓް މި ހަފްތާގައި ހުޅުވާލަނީ

bebeb

އަމީނީ މަގުގައި ތާރު އަޅައި ނިންމާފައިވާ ފުރަތަމަ 3 ސެގްމަންޓް މި ހަފްތާ ތެރޭގައި ހުޅުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިންގް މިނިސްޓްރީން ބުނީ، އަމީނީ މަގުގައި ތާރު އަޅާފައިވާ 3 ސެގްމަންޓް ހުޅުވުމުގެ ގޮތުން، މަގުގެ ކައިރި ފަށް ހަދައި، ޓްރެފިކް ނިޝާން ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އާރްޑީސީން ބުނީ، އަމީނީމަގު ސެގްމެންޓް 5 ގެ މަސައްކަތްތައް ފެށުމަށް ކޮއިމަލާ ހިނގުން ބަންދު ކުރަންޖެހޭތީ އެމްޓީސީސީގެ ބަހުގެ ހިދުމަތަށް ފަސޭހަ ވާނޭހެން އައިމިނާރަނި ހިނގުން ރީޕޭވް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މީގެއިތުރުން ޕްލޭނިންގް މިނިސްޓްރީން ބުނީ، ކޮއިމަލާ ހިނގުން ބަންދު ކުރުމަށް ނިންމާފައިވާ ކަމަށާއި، އެ މަގުގެ ބަސް ރޫޓު އައިމިނަރަނި ހިނގުމަށް ބަދަލު ކުރުމުގެ ގޮތުން އައިމިނަރަނި ހިނގުމުގައި ހުރި އަޑިގުޑަން ފިލުވައި އެ މަގު ލެވެލްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށެވެ.

އަމީނީ މަގުގެ ފަސްވަނަ ސެގްމަންޓް ހިމެނެނީ ސިނަމާލޭ ފްލެޓް ހިމެނޭ ބްލޮކުން ފެށިގެން، އިމާދުއްދީން ސްކޫލް ހިމެނޭ ބްލޮކާ ހަމައަށެވެ. އަދި މިހާރު ތާރު އަޅާފައި ވަނީ ސްޓެލްކޯއާ ހިސާބަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *