އެމްޑަބްލިއުއެސްސީގެ "މަލަސް ރެސިޑެންސް" އިފްތިތާހުކޮށްފި

veve

ސަރުކާރު ކުންފުނިތައް ހިމެނޭގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިޔަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީ އިން ގާއިމުކުރި 15 ބުރީގެ "މަލަސް ރެސިޑެންސް" އިފްތިތާހުކޮށްފިއެވެ.

މި ފްލެޓް އިފްތިތާހުކުރީ އެކަމަށްޓަކައި މިއަދު "މަލަސް ރެސިޑެންސް" ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރުއެވެ. އަދި މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑައިރެކްޓަރ ހަސަން ޝާހު އާއި އެ ކުންފުނީގެ މެނޭޖްމަންޓްގެ އިތުރުން މުވައްޒަފުން ބައިވެރިވިއެވެ.

"މަލަސް ރެސިޑެންސް" ގެ ވެރިންނަށް މިއަދު ތަޅުދަނޑި ހަވާލުކޮށްފައިވާއިރު، އެ ކުންފުނީގެ ގިނަ މުވައްޒަފުންނަށް ބޯހިޔާވެހިކަން ވަނީ ޔަގީންވެފައެވެ. އަދި ފްލެޓަށް މަހުން މަހަށް ދައްކަން ޖެހޭ ކުލި ލުއި ގޮތަކަށް ދެއްކޭނެ އިންތިޒާމުވެސް އެމްޑަބްލިއުއެސްސިން އަންނަނީ ހަމަޖައްސަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހް ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ގާއިމުކުރި "މަލަސް ރެސިޑެންސް" ރަސްމީކޮށް މިއަދު ހުޅުވިގެން ދިޔުމަކީ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވެހިކަމުގެ ފުރުސަތު ފަހިވެ، ހެޔޮ އަގުގައި އަމިއްލަ ތަނެއް ލިބުމަށް މަގުފަހިވެގެންދިޔަ ކަމެއް ކަމަށެވެ.

މީގެއިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް މަގު ފަހިކޮށްދިނުމަކީ، އެކަމަށް އެދި އެދި ތިބި ފަރާތްތަކަށް ސަރުކާރުން ހުޅުވާލަދިން ރަނުގެ ފުރުސަތެއް ކަމަށްވެސް އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީގެ "މަލަސް ރެސިޑެންސް" ގައި 192 އެޕާޓްމަންޓް ހުންނައިރު، އޭގެ ތެރޭގައި ހިމެނެނީ 3 ކޮޓަރީގެ 60 އެޕާޓްމަންޓާއި، 1+2 ކޮޓަރީގެ 30 އެޕާޓްމަންޓާއި، އެއް ކޮޓަރީގެ 92 އެޕާޓްމަންޓް ކަމަށް އެ ކުންފުނިން ބުނެއެވެ.

މަލަސް ރެސިޑެންސްގައި ކުޑަކުދިންނަށް ހާއްސަ ކުޅޭ ސަރަހައްދަކާއި، ފިހާރައެއްގެ އިތުރުން އެއްގަމުގައި ދުއްވާ އުޅަނދުތަކަށް ހާއްސަ ޕާކިން ޒޯނެއްވަނީ ގާއިމުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *