އެމްއާރްއެމްއާ ކޯލިޝަން ހަދައިގެން އެމްޑީޕީއަށްވާ ފައިދާ ކުޑަ: މެމްބަރ ޝަރީފް

317874_3_9b2c0d2c64f98486df06347efe0793b935e90a0f_large

އެމްއާރްއެމްއާއެކު އެމްޑީޕީން ކޯލިޝަނެއް ހަދައިގެން އެމްޑީޕީއަށްވުރެ ބޮޑަށް ފައިދާ ވަނީ އެމްއާރްއެމްއަށް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްއާރްއެމްއާއެކު އެމްޑީޕީން ކޯލިޝަން ހަދައިގެން ބޮޑަށް ފައިދާ ވަނީ އެމްއާރްއެމްއަށް ކަމަށާއި، އެމްޑީޕީއަށް ބޮޑަށް ފައިދާ ނުވާ ކަމަށެވެ.

މިގޮތުން މިހާރުވެސް އެމްއާރްއެމްއަށް ތާއީދުކުރާ މީހުން މަދުކަމުން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ 3،000 މެމްބަރުން ހަމަނުވާ ޕާޓީގެ ލިސްޓަށް ލާފައިވާކަންވެސް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން އެމްއާރްއެމްއަށްވުރެ އަދާލަތު ޕާޓީ އާއި އެމްޑީއޭގެ ތާއީދުވެސް މާ ބޮޑުކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، އެމްއާރްއެމްއާ ކޯލިޝަން ހެދުމަށްވުރެ ޖޭޕީއާއެކު ކޯލިޝަން ހެދޭނެ މަގެއް ހޯދުން މާ ރަނގަޅު ކަމަށެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އަދާލަތުގެ އިތުރުން އެމްޑީޕީން ގޮތެއް ނިންމާފައިވާއިރު، އެމްއާރްއެމް އާއި ޖޭޕީން އަދި ވަކި ގޮތެއް ނުނިންމައެވެ.

Leave a Reply

Your email address will not be published. Required fields are marked *