ފެނަކައިގެ ކުރީގެ އެމްޑީ ނިމާލަށް ދައުވާކޮށްފި

DS3WDS-copy-1

ފެނަކައިގެ ކުރީގެ މެނޭޖިންގް ޑައިރެކްޓަރ މުހައްމަދު ނިމާލުގެ މައްޗަށް ދައުލަތުން ދައުވާކޮށްފިއެވެ.

ހިޔާނާތުގެ މައްސަލައެއްގައި ނިމާލްގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށް ޕީޖީން ހާމަކޮށްފައިވާއިރު، އެކަމާ ގުޅޭ ތަފްސީލެއް އަދި ނުދެއެވެ.

ނިމާލްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ފެނަކައިގެ އުސޫލުަތަކާ ހިލާފަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަނޑަންޖެހޭ ފައިސާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލާގައެވެ.

މި މައްސަލައިގައި ނިމާލްގެ އިތުރުން ތިން މީހަކަށް ދައުވާ ކުރުމަށް އެދި އޭސީސީން ޕީޖީން ހުށަހަޅާފައިވާއިރު، މައްސަލާގައި ދައުވާ ކޮށްފައި ވަނީ ނިމާލްގެ އިތުރުން އެކަކަށެވެ.

މި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަނޑަން ޖެހޭ 2.54 މިލިއަން ރުފިޔާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދިނުމާ ގުޅިގެން ފެނަކައަށް 1 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް ލިބުނު ކަމަށް އޭސީސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *