ޖޮބް ސެންޓަރު އިދާރާއަކަށް ބަދަލުކުރީ ހިދުމަތް ފުޅާކުރަން: މިއުވާން

351572_3_1e10b0c0cb96f3079b1f1033869a1322adfd6f8e_large

ޖޮބް ސެންޓަރު އިދާރާއަކަށް ބަދަލުކުރެއްވުމަށް ރައީސް ސޯލިހު ނިންމެވީ ސެންޓަރުގެ ހިދުމަތް ފުޅާކުރުމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.

މެމްބަރު އިމްތިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާލުވީ، ޖޮބް ސެންޓަރު އިދާރާއަކަށް ބަދަލުކުރަން މާ އަވަސް ކަމަށާއި، އެމްޑީޕީގެ މެނިފެސްޓޯގައިވާ ވައުދުގެ ވާހަކަ ދައްކާނީ ރިޔާސީ އިންތިހާބުގައި ވޯޓުލާ ދުވަހު ކަމަށް ވިދާޅުވެ، ސުވާލު އުފައްދަވާފައެވެ.

އިމްތިޔާޒްގެ ޓުވީޓަށް ރައްދު ދެއްވައި މިއުވާން ވިދާލުވީ، މެނިފެސްޓޯއާ އެއްގޮތަށް ޖޮބް ސެންޓަރގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީގައި ޑިޕާޓްމަންޓެއް ގާއިމްކޮށް 17/11/2019 އިން ފެށިގެން ޒުވާނުންނަށް އެ ސެންޓަރުގެ ހިދުމަތް ދަނީ ދެމުން ކަމަށެވެ. 

މީގެއިތުރުން މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ އިދާރާއަކަށް ޖޮބް ސެންޓަރު ބަދަލުކުރުމަށް ރައީސް ސޯލިހު ނިންމެވީއެ ސެންޓަރުގެ ހިދުމަތް ފުޅާކުރުމަށް ކަމަށްވެސް މިއުވާން ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *