ބ.މާޅޮސް ބަނދަރު މަރާމާތުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއަށް

egbeh

ބ.މާޅޮސް ބަނދަރު މަރާމާތު ކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސެއިން ސޮއިކުރިއިރު، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ ޒީނިޔާ ހަމީދުއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 450 ދުވަސް ތެރޭގައި ނިންމާ ގޮތަށް 69.47 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން 7،512 ކިއުބިކް މީޓަރު ސަރަހައްދުގެ ފަޅު އަލުން ފުންކޮށް، 36،527 ކިއުބިކް މީޓަރުގެ ސަރަހައްދުގައި އައު ހާބަރ ބޭސިންގ ފުންކޮށް، 882 ކިއުބިކް މީޓަރު ސަރަހައްދުގައި ނެރު ފުންކޮށް، 370 މީޓަރުގެ ސަރަހައްދުގައި ބޭރުތޮށިލައި، 266 މީޓަރު ސަރަހައްދުގައި ރިވެޓްމަންޓް ޖަހައި، 376 މީޓަރުގެ ސަރަހައްދުގައި ގްރޮއިންސް ޖަހައި އަދި 310 މީޓަރު ސަރަހައްދުގައި އެއްގަމު ތޮށިލާނެއެވެ.

މީގެއިތުރުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހަދައި، 100 މީޓަރު ދިގު 1.5 މޓީަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހަދައި، 1475 އަކަ މީޓަރުގެ ސަރަހައްދުގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *