އިންތިހާބަށްވުރެ އިސްކަން ދެނީ ރަށްތައް ތަރައްގީ ކުރުމަށް: ރައީސް ސޯލިހު

281797_6b095d3b-8_

އިންތިހާބުތަކަށްވުރެ ރާއްޖޭގެ ރަށްތައް ތަރައްގީ ކުރަން މި ސަރުކާރުން އިސްކަން ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ތ.ހިރިލަންދޫ ފެނަކަ އައު އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ، ކުރީ ސަރުކާރުތަކުން މަސައްކަތް ކުރަމުން ގޮސްފައިވަނީ ކޮންމެ ފަސް އަހަރަކުން އަންނަ އިންތިހާބަށް ތައްޔާރުވުން ކަމަށައި، މި ސަރުކާރުން އެއާ އިދިކޮޅަށް އިސްކަން ދީފައިވަނީ ރަށްތައް ތަރައްގީ ކުރުމަށް ކަމަށެވެ.

ގައުމު ތަރައްގީ ވާނީ ރައްޔިތުން ތަރައްގީވެގެންކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ރަށްރަށުގައި އާއިލާތަކަށް ދިރިއުޅެވޭނެ ގޮތްތައް ހަމަޖެހިގެން ކަމަށާއި، މި ސަރުކާރުން ތަރައްގީ ގެނައުމުގައި ވަކިރަށެއް ތަފާތު ނުކުރާ ކަމަށެވެ.

ރާއްޖޭގެ ކަރަންޓުގެ ހާލަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ސޯލިހު ވިދާޅުވީ، މިގެ ކުރިން ރާއްޖޭގެ ރަށްރަށުގެ ކަރަންޓްގެ ހާލަތު އޮތީ އެންމެ އެކަށީގެންވާ ގޮތެއްގައި ނޫންކަމަށާއި، ނަމަވެސް މި ސަރުކާރުން ރާއްޖޭގެ ރަށްރަށުގެ ކަރަންޓްގެ ޙާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ރާއްޖެ ތަރައްގީކުރެވެމުން އައި ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ސޯލިހު ވިދާޅުވީ، ރާއްޖެއަށް ލިބެމުން އައި އާމްދަނީއާ އަޅާބަލާއިރު މީގެކުރިން ރާއްޖެ އޮތީ ތަރައްގީވާންވީ މިންވަރަށް ތަރައްގީ ނުވެކަމަށެވެ. މިގޮތުން މިސަރުކާރު އައިއިރު ރާއްޖޭގެ ގިނަ ރަށްރަށުގައި ފެނާ ނަރުދަމާ އާއި ކަރަންޓް ފަދަ އެންމެ އަސާސީކަންކަންވެސް ފުރިހަމަވެފައި ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *