ށ.ނަރުދޫ ބަނދަރު ހެދުމަށް ޕްރޮޖެކްޓް ސައިޓް މޯބިލައިޒްކޮށްފި

gegegeg

ށ.ނަރުދޫ ބަނދަރު ހެދުމަށް ޕްރޮޖެކްޓް ސައިޓް މޯބިލައިޒް ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ނަރުދޫ ބަނދަރު ހެދުމުގެ މަޝްރޫއަށް މިދިޔަ ބުދަ ދުވަހު ޕްރޮޖެކްޓް ސައިޓް މޯބިލައިޒް ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 51,212 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 4,120 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 371 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 205 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

މީގެއިތުރުން 210 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 955 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިޔަށް ގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއަށް 41.34 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *