އއ.މާޅޮސް ބަނދަރުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ

334897966_1343677539745631_3168724571695747085_n

އއ.މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މާޅޮހު ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، އަދި މުޅި މަސައްކަތުގެ 70 އިންސައްތަ މިހާރު ވަނީ ނިމިފައި ކަމަށެވެ.

މީގެއިތުރުން މި މަޝްރޫޢުގެ ދަށުން އައު އަދި މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތާއި، ނެރު ފުންކުރުމުގެ މަސައްކަތާއި، ބޭރުތޮށި ލުމުގެ މަސައްކަތާއި، ރޭމްޕް ހެދުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢަކީ 61.34 މިލިއަން ރުފިޔާގެ މަޝްރޫއެއް.

Leave a Reply

Your email address will not be published. Required fields are marked *