ރައީސް ސޯލިހު ޔޫއެންގެ ސެކެޓްރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި

egege

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއާ ބައްދަލުކުރައްވައިފިއެވެ.

ގަތަރުގެ ދޯހާގައި ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި ރާއްޖެ ތަރައްގީ ކުރުމަށް އދ އާއި އދ ގެ އެޖެންސީތަކުން އަދާކުރަމުން އަންނަ ދައުރާއި، އެއްބާރުލުމުގެ މައްޗަށް އަލި އަޅުއްވާލައްވައި ވަނީ ވާހަކަދައްކަވާފައެވެ.

ރައީސް ސޯލިހު މިއަދު ފުރާވަޑައިގެންފައި ވަނީ ތިން ގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅަކަށެވެ. މިގޮތުން އެމަނިކުފާނު ވަނީ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ގަތަރަށް މިއަދު ވަޑައިގެންފައެވެ.

ރައީސް ސޯލިހު ގަތަރަށް ކުރައްވާ މި ދަތުރުފުޅަކީ ދޯހާގައި ބާއްވާ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ އދ ގެ ފަސްވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ގަތަރަށްފަހު ރައީސް ދެން ވަޑައިގަންނަވާނީ ސާބިއާއަށެވެ. އަދި އެއަށްފަހު ރައީސް ސޯލިހު ޖަރުމަނަށް ވަޑައިގެން އެ ގައުމުގެ ރައީސްއާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *