ހދ.ވައިކަރަދޫ ކައުންސިލަށް އަންހެން މެމްބަރަކު އިންތިހާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.
މި އިންތިހާބުގައި އެމްޑީޕީގެ ފާތިމަތު ޝިޒުނާގެ އިތުރުން އަދާލަތު ޕާޓީގެ ފާތިމަތު ނަޒްލާ ވާދަކުރިއިރު، ޝިޒުނާ އިންތިހާބު ކާމިޔާބުކުރީ 25 ވޯޓުންނެވެ.
މި އިންތިހާބުގައި ނަޒްލާއަށް 258 ވޯޓު ލިބިފައިވާއިރު، ޝިޒުނާއަށް ލިބިފައި ވަނީ 283 ވޯޓެވެ. އަދި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 1،361 މީހުންގެ ތެރެއިން 573 މީހަކު ވަނީ ވޯޓު ލާފައެވެ.
Post Views: 74