މިދިޔަ މަހު ރާއްޖެއަށް ދުވާލަކު 6,334 ފަތުރުވެރިން ޒިޔާރަތްކުރި

1234

މިދިޔަ ފެބްރުއަރީ މަހު އެވްރެޖުކޮށް ދުވާލަކު 6,334 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖެނުއަރީ މަހު 5،564 ފަތުރުވެރިން އަދި ފެބްރުއަރީ މަހު 6،334 ފަތުރުވެރިން އެވްރެޖުކޮށް ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށާއި، އަދި މާޗު މަހުގެ ފުރަތަމަ ދުވަހު 6،125 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

ރާއްޖެއަށް މި އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 356،538 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 27.1 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އެވްރެޖުކޮށް 8.0 ދުވަސް ރާއްޖޭގައި މަޑުކުރާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބްތަކުން ދައްކައެވެ.

Leave a Reply

Your email address will not be published. Required fields are marked *