ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ އދ.ގެ ކޮންފަރެންސްގައި ރައީސް ބައިވެރިވެވަޑައިގެންފި

bee

އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ގައުމުތަކުގެ 5 ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް ބައިވެރިވެވަޑައިގެންފިއެވެ.

ކޮންމެ 10 އަހަރަކުން އެއްފަހަރު ބާއްވާ މިކޮންފަރެންސް މިއަހަރު ކުރިޔަށްދަނީ، ގަތަރުގެ ވެރިރަށް ދޯހާގެ ގަތަރު ނެޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ.

ރާއްޖެއަކީ، އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ދަރަޖައިން، މެދުފަންތީގެ އާމްދަނީއެއް ލިބޭ ގައުމުތަކުގެ ދަރަޖައަށް ބަދަލުކުރެވުނު ތިންވަނަ ގައުމު ކަމަށްވާއިރު، އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ގޮތުގައި 46 ގައުމެއް ހިމަނާފައިވެއެވެ. އަދި އެ ގައުމުތަކަކީ، މަދުން އާމްދަނީ ލިބޭ އަދި އުމުރާނީ ތަރައްގީއާ ދެމެހެއްޓެނިވި ތަރައްގީގެ ހުރަސްތައް އޮތް ގައުމުތަކެވެ.

އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ އަމާޒަކީ، ދުނިޔެއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކޮށް، ތަނަވަސްކަން އިތުރުކުރުމަށް، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުން މަސައްކަތް ކުރުމުގެ ގާބިލްކަން އިތުރުކުރުމެވެ.

އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ގައުމުތަކުގެ 5 ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވަނީ، އެ ގުރޫޕް އުފެދުނުތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންވެސް ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ

Leave a Reply

Your email address will not be published. Required fields are marked *