ހއ.ދިއްދޫ ބަނދަރާއި ޖެޓީ ހެދުން: ކުރީ ބަނދަރުގެ ޕޭވްމަންޓް ނިމިއްޖެ

rbrbr

ހއ.ދިއްދޫ ބަނދަރާއި، ޖެޓީ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރީގެ ބަނދަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ދިއްދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަުން އެއްގަމުތޮށީގެ ވޭރިއޭޝަނަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށާއި، އަދި ކުރީ ބަނދަރުގެ ޕޭވްމަންޓް މަސައްކަތްވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 58 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، އަދި 478 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

މީގެއިތުރުން 630 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 6858 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ޖެޓީއެއް ހެދުމާއި އަދި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއަކީ 70.59 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *