މި ސަރުކާރުން މުވައްޒަފުންނަށް އެތަކެއް ލުއިފަސޭހައެއް ގެނެސްދީފި: މާރިޔާ

vwe

މި ސަރުކާރުން މުވައްޒަފުންނަށް އެތަކެއް ލުއި ފަސޭހައެއް ގެނެސްދީފައިވާ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

ވީއައިއޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރުމަށް ތައާރަފްކުރި "ބިނާރު" ކެމްޕޭން އިފްތިތާހުކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ފަހިކޮށްދެއްވުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ގިނަގުނަ ފިޔަވަޅުތަކަކީ އެއްވެސް ރައްޔިތަކަށް ވަންހަނާވާނެ ކަންކަމެއް ނޫން ކަމަށެވެ.

މިގޮތުން މުސާރައާއި އިނާޔަތްތައް ކަމުގައިވިޔަސް، ޗުއްޓީ އާއި ސަލާމުގެ ކަންކަން ކަމުގައިވިޔަސް، ފާއިތުވެދިޔަ 4 އަހަރު ވެގެންގޮސްފައިވަނީ މުވައްޒަފުންނަށް ފަހި، އަދި އެތަކެއް ލުއިފަސޭހަތަކެއް ގެނެސްދިން 4 އަހަރަށް ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރެއްވުމަށާއި، ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ހާލަތު ރަނގަޅު ކުރެއްވުމުގައި ގެންގުޅުއްވާ ތަސައްވުރާއި، ކުރައްވަމުން ގެންދަވާ ކާމިޔާބު މަސައްކަތްޕުޅުތައް ފާހަގަކޮށް އެހުރިހާ ރައްޔިތުންގެ ނަމުގައި މިނިސްޓަރ މާރިޔާ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިޙުއަށް ޝުކުރު އަދާކުރައްވާފައެވެ.

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމުގައި މި ސަރުކާރުގެ ވިސްނުމަކީ މިނިމަން ވޭޖެއް ކަނޑައަޅާ އެހިސާބުން ނިންމާލުމެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރ މާރިޔާ ވިދާޅުވީ، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ހިމެނޭހެން، ހުރިހާ މާނައެއްގައިވެސް މުވައްޒަފުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، ރައްކާތެރި، އަމާން އަދި ސަލާމަތްތެރި މަސައްކަތުގެ ވެށްޓެއް ގާއިމް ކޮށްދިނުމަކީ ރައީސް ސޯލިހުގެ އަމާޒެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *