ރައީސް ސޯލިހު ސީޝެލްސް އަދި މަލާވީގެ ރައީސްއާ ބައްދަލުކުރައްވައިފި

egeg

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސީޝެލްސްގެ ރައީސް ވަވެލް ރަމްކަލަމަން އަދި މަލާވީގެ ރައީސް ލަޒަރުސް ޗަކްވެރާއާ ބައްދަލުކުރައްވައިފިއެވެ.

ރައީސް ސޯލިހު މިއަދު މި ދެ ރައީސުންނާ ބައްދަލުކުރެއްވީ ގަތަރުގެ ދޯހާގައި މިހާރު ކުރިޔަށްދާ އދ.ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސް ވަނަ ކޮންފަރެސްގެ ހަވާސާގައެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސީޝެލްސްގެ ރައީސްއާއެކު ބޭއްވުނު ބައްދަލުކުރެއްވުމުގައި ކުޑަކޮށް ތަރައްގީވަމުން އަންނަ ކުޑަ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަމަށް ހައްލު ގެނައުމަށްވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.

ރައީސް ސޯލިހު މަލާވީގެ ރައީސްއާ ބައްދަލުކުރައްވާފައިވާއިރު، މަލާވީގެ ރައީސްއަކީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ގްރޫޕްގެ ޗެއާއެވެ. މިގޮތުން ރައީސް ސޯލިހު ވަނީ މަލާވީގެ ރައީސްއާއެކު އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ލިބޭ ބައިނަލްއަގުވާމީ އެހީތެރިކަން އިތުރު ކުރުމަށް މަޝްވަރާ ކުރައްވާފައެވެ.

ރައީސް ސޯލިހު އދ.ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސް ވަނަ ކޮންފަރެސްގެ ހަވާސާގައި މިއަދު ފަލަސްތީންގެ ރައީސްއާވެސް ބައްދަލުކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *